އެއްވެސް ޓީމަކީ އަންޑައެސްޓިމޭޓް ކުރާނޭ ޓީމެއް ނޫޏް ކަމަށް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނެފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އއ.މާޅޮހާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗް ނިޒާމް ބުނީ މާޅޮސް ޓީމަކީވެސް ގޮތް ނޭނގޭ ޓީމެއް ކަމަށާއި ޚާއްސަކޮށް އެލެވެލްގެ ޓީމްތަކުން އާންމުކޮށް ބޮޑެތި ޓީމްތަކަށް ލަނޑު ދޭފަހަރު އަންނާނޭ ކަމަށެވެ. އިންޓަރނޭޝަނަލް ބްރޭކަށްފަހު ޤައުމީ ޓީމަށް ކުޅުންތެރިން ދޫކޮށް އަލުން ޓީމާ ގުޅޭ އިރު އެކުޅުންތެރިންގެވެސް ކޮންމެވެސް ވަރެއްގެ ވަރުބަލި ކަމެއް ހުންނާނެ ކަމަށް ޤަބޫލު ކުރާކަމަށާއި ނަމަވެސް މިއަދުގެ މެޗުން އެތަން ނުފެނުމަކީ އެދޭ އެދުމެއް ކަމަށް ނިޒާމް ބުންޏެވެ
. ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނާއިޒް ޙަސަން (ދާދު) ޢާއިލީ ކަމެއްގައި މިވަގުތު ޓީމާ ދުރުގައި ހުރުމަކީވެސް ޓީމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ނިޒާމް ބުންޏެވެ. ނަމަވެސް އުއްމީދަކީ މިހުރިހާ ކަމަކާއެކުވެސް މާޅޮސް ޓީމްގެ މައްޗަށް ކުރި ހޯދުން ކަމަށް އޭނާ ބުންޏެވެ.
" މިލިބުނު ބްރޭކްގައި ޓީސީ މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ. ޤައުމީ ޓީމަށް ދޫކުރި ކުޅުންތެރިން ނުލާވެސް ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސްފިން. އެކުޅުންތެރިން މިވަގުތު ތިބޭނީ ވަރަށްބޮޑު ވަރުބަލިކަމެއްގެ ތެރޭގައި. ފަހަރެއްގައި އެކުޅުންތެރިން ފުރަތަމަ އެގާރައިން ނުފެނުމަކީވެސް އެކަށީގެންވާކަމެއް " ނިޒާމް ބުންޏެވެ.
ޓީސީއާއި މާޅޮސް މިއަދު ހަވީރު ވާދަކުރާ މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.