ޚަބަރު

54 ވަކީލެއް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކޮށްފި


ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކަލާތުކުރުން 54 ވަކީލަކަށް މަނާކުރައްވައިފިއެވެ.

54 ވަކީލެއް ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރީ ފަނޑިޔާރުންގެ މަސްތަގިލްކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމްކޯޓު ދޮށަށް އެއްވެ، އަދުލް އިންސާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ކޯޓުގެ އިހްތިސާސްތަކާއި ކޯޓުތަކުގެ އިޖުރައާތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފް، ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެލިޔުމުގައި ސޮއިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލައެއް ބަލާ ތަހްޤީޤްކުރަމުންދާތީކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ ނެރުއްވި އިޢުލާނުގައިވެއެވެ.