ވިޔަފާރި

އޮގަސްޓް ނިމުނުއިރު އެމްއެމްއޭގެ ރިޒާވް 310.7 މިލިއަން ރުފިޔާއަށް


ހުސްވި އޮގަސްޓްމަސް ނިމުނުއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވް ތިންސަތޭކަ ދިހައެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާއަށް އިތުރުވެއްޖެެއެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ އޮގަސްޓްމަހުގެ ބެލެންޝީޓަށް ބަލާއިރު، މަރުކަޒީ ބޭންކްގެ ރިޒާވްއަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުވެފައިވެއެވެ. އަދި ޖުލައިމަސް ނިމުނުއިރު އެ ބޭންކްގެ ރިޒާވް ހުރީ، 296.3 މިލިއަން ރުފިޔާގައެވެ.

މަރުކަޒީ ބޭންކްގެ މިއަހަރުގެ މާލީބަޔާންތަކަށް ބަލާއިރު މަހަކަށްވުރެ މަހެއް އެ ބޭންކްގެ ރިޒާވް އަންނަނީ އިތުރުވަމުންނެވެ.

މަރުކަޒީ ބޭންކުން އާއްމުކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައިމަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 571.8 މިލިއަން ޑޮލަރުގައެވެ.