ޚަބަރު

ފުށިފަރުގައި ތަރައްޤީކުރާ ރިސޯޓް މިއަހަރު ހުޅުވަނީ


ޅ.އަތޮޅު ފުށިފަރުގައި ތަރައްޤީކުރާ ރިސޯޓް މިއަހަރު ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ރިސޯޓު ތަރައްޤީކުރާ ފަރާތުން ބުނެފިއެވެ.

ފުށިފަރު މޯލްޑިވްސްގެ ނަމުގައި ތަރައްޤީކުރާ މި ރިސޯޓަކީ ސާޅީސްނުވަ ކޮޓަރީގެ ރިސޯޓެކެވެ. ފުށިފަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓުން މައުލޫމާތުދޭގޮތުގައި އެ ރިސޯޓުގައި ތަފާތު ތިން ވައްތަރުގެ ކޮޓަރި ހުންނާނެއެވެ. އެއީ ޕްރައިވެޓް ޕޫލާއި އެކު ތަރައްޤީކުރާ 18 ބީޗް ވިލާ އާއި އާދައިގެ 26  ބީޗް ވިލާ އަދި ފަސް ވޯޓާ ވިލާއެވެ.

ފުށިފަރު ރިސޯޓުގައި ތާފާތު އެކި ކެއުންތައް ލިބޭ ތިން ރެސްޓޯރެންޓު ހުންނާނެއެވެ.