ކުޅިވަރު

މަތިވެތި ފުޓްސަލް ފައިނަލްގައި އާރުޖީބީއާއި ވޭލިއަންޓް


މަތިވެރީގައި ކުރިއަށްދާ އެސްޓީއޯ ޔޫއެސްސީ ފުޓްސަލް މުބާރާތުގެ ފައިނަލުން އާރުޖީބީއާއި ވޭލިއަންޓް ޖާގަ ހޯދައިފިއެވެ.

 އެފްޓީ ވޭލިއަންޓް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި މާރންސްއާ ވާދަކޮށް 6-2 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވޭލިއަންޓްގެ މުޙައްމަދު ރިފްއަތުއެވެ. ފައިނަލްގެ ދެވަނަ ޖާގަ އާރުޖީބީ ހޯދީ ސެމީފައިނަލްގައި އަންބަރު އެފްޓީ 4-0 ން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާރުޖީބީގެ އަހުމަދު ރިއުޝާންއެވެ. 

އާރުޖީބީއާއި ވޭލިއަންޓް ވާދަކުރާ ފައިނަލް މެޗު ކުޅޭނީ މިއަދު ހަވީރު މަތިވެރީ ފުޓްސަލް ދަނޑުގައެވެ. ޔޫނިއަން ސްޕޯރޓްސް ކްލަބުން ބާއްވާ ތޭރަ ވަނަ މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ޔެސް ޓީވީން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި މަތިވެރީގެ އަށް ޓީމާއެކު ދިހަ ޓީމް މިފަހަރު ވާދަކުރިއެވެ.