ކުޅިވަރު

މަތިވެރި ފުޓްސަލް މުބާރާތުގެ ސެމީގައި ވާދަކުރާ ޓީމްތައް ކަށަވަރު


ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުން އެސްޓީއޯ ޔޫއެސްސީ ފުޓްސެލް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަނޑައަޅައިފިއެވެ. 

މަތިވެރީގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް އެކަކުން އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދީ އެފްޓީ ވަލިއަންޓެވެ. އެޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ އަންބަރު އެފްޓީއެވެ. އެޓީމަށް 7 ޕޮއިންޓް ލިބުނުއިރު، ޑައިނަމިކްވެސް ވަނީ އެއަދަދަށް ޕޮއިންޓް ހޯދާފައެވެ. އަންބަރު އެފްޓީއަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ. 

އަންބަރު އެފްޓީ ސެމީފައިނަލްގައި ވާދަކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ އާރުޖީބީއާއެވެ. އެޓީމް ވަނީ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗު އެއްވަރުކޮށް 8 ޕޮއިންޓް ހޯދާފައެވެ. މިގްރޫޕްގެ ތިން ޓީމް ވަނީ 8 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން ޓީމްތައް ރޭންކް ކުރީ ފައިދާ ގޯލަށް ބަލައިގެންނެވެ. ފައިދާ ގޯލަށް ބަލާ ދެވަނަ ލިބުނީ މާރންސްއަށެވެ. އެޓީމް ސެމީގައި ވާދަކުރާނީ އެފްޓީ ވެލިއަންޓާއެވެ. 8 ޕޮއިންޓް ހަމަކުރި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ސެމީގެ ފުރުޞަތު ގެއްލުނީ ރޯޔަލް ނައިޓަށެވެ.

މިއީ މަތިވެރި ޔޫނިއަން ސްޕޯރޓްސް ކްލަބުން ކުރިއަށްގެންދާ މުބާރާތެކެވެ. މިއީ މިމުބާރާތް ކުރިއަށް ގެންދާ 13 ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި 10 ޓީމް ވާދަކުރެއެވެ. އޭގެ ތެރޭގައި އެއަތޮޅުގެ އުކުޅަހާއި، ބޮޑު ފުޅަދޫގެ ދެޓީމް ހިމެނެއެވެ. ހުކުރު ދުވަހު ކުޅުމަށް ތާވަލްކޮށްފައިވާ މުބާރާތުގެ ފައިނަލް މެޗު ޔެސް ޓީވީން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.