ޚަބަރު

އައްޑޫ ސިޓީގައި މެރެތަންއެއް ބާއްވަން ތައްޔާރުވަނީ


އައްޑޫސިޓީގައި ބާއްވަން ނިންމާފައިވާ މެރަތަންގެ ތައްޔާރީތައް ވަމުންދާކަމަށް މެރެތަން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ.

އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަންގެ ނަމުގައި ޑިސެމްބަރ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ދުވުން އިންތިޒާމް ކުރަނީ ރަނާރސް މޯލްޑިވްސް އާއި ނަސީރު ސްޕޯރޓްސް އެކަޑަމީ ގުޅިގެނެވެ. މިއެވެންޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރަނާރސް މޯލްޑިވްސް ގެ ރައީސް އަދި ކޯޗު ނަޞީރު އިސްމާޢިލް ވިދާޅުވީ އައްޑޫސިޓީ އަކީ ދިގުކޮށް އޮންނަ، ދުވުމަށް އެކަށީގެންވާ އަތޮޅަކަށްވެފައި، އަދި ޓުއަރިޒަމް އިވެންޓް ހިންގުމަށް ރަނގަޅު ސަރަޙައްދަކަށްވާތީ އައްޑޫގައި ދުވުން ކުރިއަށްގެންދިއުމަށް ނިންމީ ކަމަށެވެ.

މި މެރެތަން އިން ވަނަވަނައަށް ދާ ފަރާތްތަކަށް އަގުބޮޑު ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މި އިވެންޓުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ބޭރުގެ ފަރާތްތަކަށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ކެންޔާ އާއި އިތިއޯޕިޔާގެ އެތްލީޓުންގެ އިތުރުން ދެކުނު އޭޝިއާގެ ހުރިހާ ޤައުމަކުން އެތްލީޓުން މި އިވެންޓުގައި ބައިވެރިވާނެކަމަށް ރަނާރސް މޯލްޑިވްސް އިން މަޢުލޫމާތުދެއެވެ.