ވިޔަފާރި

މިދިޔަ އަހަރު އާސަންދައިގެ ދަށުން 800ވަރަކަށް މީހުން ރާއްޖެއިން ބޭރަށް





ރާއްޖެއިން ފަރުވާ ދެވެން ނެތިގެން މިދިޔަ އަހަރު ، އާސަންދައިގެ ދަށުން  ގާތްގަޑަކަށް އަށްސަތޭކަ ވަރަކަށް މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ މީހުންގެ 19.49 އިން ސައްތައެވެ. އެންމެ ގިނަ އަދަދަކަށް މީހުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ހިތުގެ ބަލިތަކަށް ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.


 
ރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގައި ރާއްޖޭގައި މިހާތަނަށް ކެންސަރު ބައްޔައް ފަރުވާ ހޯދަނީ ނުވަތަ ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ސީދާ އަދަދެއް ރެކޯޑް ކުރެވިފައެއް ނުވެއެވެ. ސަބަބަކީ ރާއްޖޭގައި ފަރުވާ ދެވެން ނެތުމާއި އެ ބައްޔަށް ރާއްޖެއިން ބޭރުން ފަރުވާ ކުރެވެން އޮތުމުންނެވެ. އަދި ހަމަ އެއާއި އެކު ބަލި މިހާގެ ބަލީގެ ތަފްޞީލް އާއްމުކުރަން ބޭނުން ނުވާތީކަމަށްވެސް ޑޮކްޓަރުން ފާހަގަކުރެއެވެ.


އެހެން ނަމަވެސް އެނގިފައިވާ ކަމަކީ ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާމީހުން އިތުރުވަމުން އަންނަ ކަމަށެވެ. ރާއްޖޭގައި އާއްމުކޮށް މީހުން ފަރުވާ ހޯދަމުންދަނީ ކޮންކަހަލަ ކެންސަރުގެ ފަރުވާއެއް ކަން ނޭނގުނުނަމަވެސް އުރަމަތީގެ ކެންސަރާއި ، ރަހިމްގެ ކެންސަރު އަދި ލޭގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފާހަގަކުރވޭ ކަމަށްވެސް ޑޮކްޓަރުން މައުލޫމާތުދެއެވެ.


އައިޖީމްއެމްގެ ޑޮކްޓަރަކު ވިދާޅުވީ ، ކެންސަރު ބައެލިޖެހިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދާމީހުން ދިވެހިން އިތުރުވެފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ކެންސަރުގެ ކޮންކަހަލަ ކެންސަރެއްކަންވެސް އެންގެން ނެތްކަމަށެވެ. ރާއްޖޭގައި ކެންސަރު ބައްޔަށް މީހުން ހޭލުންތެރިކުރުމަށް އަމިއްލަ ޖަމްއިއްޔާ ތަކާއި އެންޖީއޯ ތަކުން އެކި އެކި ޙަރަކާތްތައް ހިންގައެވެ.


ދުނިޔޭގެ އާބާދީ ޖަމިއްޔާގެ އެހީތެރިކަމާ އެކު ރާއްޖޭގައި މިހާރު ވަނީ ރަހިމަށް ޖެހޭ ކެންސަރަށް ފަރުވާ ދޭން ފަށާފައެވެ. މި ފަރުވާ ދެމުންދަނީ ،  ތެލެސީމިއާ ސެންޓަރުގެ އިރަށް ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓާ ، ދަމަނަވެށީގައެވެ.  އައިޖީއެމްއެޗާ ގުޅިގެން މ ފަރުވާ ދެމުންދާއިރު މި އަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ގާއިމުކުރާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.


ކެންސަރު ބަލީގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދު، އަށެއް ޕޮއިންޓް ދޭއް މިލިއަނުން ތޭރަ މިލިޔަނަށް އަރާފައިވާކަމަށް އދން ހާމަކޮށްފައި މިވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މިއަހަރުފާހަގަކުރި ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެންނެވެ. އ.ދން ލަފާކުރާ ގޮތުގައި އަހަރެއްގެ މައްޗަށް ކެންސަރު ބަލި ޖެހޭ މީހުންގެ ޢަދަދު، ކުރިޔަށް އޮތް ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ސާދަ މިލިޔަނުން ބާވީސް މިލިޔަނަށް އިތުރުވާނެއެވެ.