ޚަބަރު

އެފްއެސްއެމްގެ ޓަރމިނަލެއް ތިނަދޫގައި ހަދަނީ


ގދ.ތިނަދޫގައި ތެޔޮ ރައްކާކޮށް ވިއްކުމަށްޓަކައި ޓަރމިނަލްއެއް ހެދުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ނިންމައިފިއެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އެފްއެސްއެމުން ވަނީ މި ޓަރމިނަލް ހެދުމަށް އެކުންފުނިން ފޯރުކޮށްދޭ މަޢުލޫމާތާއި ގައިޑްލައިނާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިނެއް ހަދައި ޑީޓެއިލް ޑްރޯވިންގއާއި ތްރީޑީ ކުރެހުމާއި ބީ.ޢޯ.ކިއު ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފައެވެ. އަދި އެމަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހުން މައުލޫމާތު ސާފު ކުރުމަށްފަހު އަންނަ މަހުގެ 14 ވަނަ ދުވަހު ބިޑް ހުށަހެޅުމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްއިން ދާދި ފަހުންވަނީ ހުޅުމާލޭގައި އެކުންފުނީގެ ޕެޓްރޯލް ޝެޑެއް ހުޅުވާފައެވެ. އަދި މިހާރު ހުޅުމާލެއަށްވެސް މާލެއެކޭ އެއް އަގެއްގައި އެފްއެސްއެމުން ދަނީ ޕެޓްރޯލް ވިއްކަމުންނެވެ.