ޚަބަރު

އިސްލާމިކް މިނިސްޓަރ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފި


މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒިޔާދު މާލެއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރާތްކުރައްވައި އެ ރަށްރަށުގެ މިސްކިތްތަކުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ ޒިޔާރަތް ކޮށްފައިވަނީ ދިއްފުށްޓާއި ތުލުސްދުއާއި ހިންމަފުށްޓާއި ހުރާއަށެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ ރަށްރަށުގައި ވަޒީފާ އަދާކުރަމުންދާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މީހުންނާ ބައްދަލު ކުރައްވާ މިސްކިތްތަކަށް ދިމާވެފައިވާ ދަތިތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/15041037533835.jpg|އިސްލާމިކް މިނިސްޓަރ ކ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ މިސްކިތްތަކާއި މިސްކިތްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހާލު ބެއްލެވުމަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅެއްކަމަށެވެ.