ޚަބަރު

ސައިންލެންގުއޭޖުން ތަރުޖަމާކޮށްދިނުމުގެ ޚިދުމަތް އިފްތިތާޙުކޮށްފި


އައި.ޖީ.އެމް.އެޗްގައި އިޝާރާތް ބަހުން ނުވަތަ ސައިން ލެންގުއޭޖުން ތަރުޖަމާކޮށްދިނުމުގެ ޚިދުމަތް އިފްތިތާޙުކޮށްފިއެވެ.

އައި.ޖީ.އެމް.އެޗްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ ޖެންޑަރ މިނިސްޓަރ އައިމިނަތު ޒެނިޝާ ޝަހީދު ޒަކީއެވެ. މި ޚިދުމަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އައިޖީއެމްޗްގެ ޕަބްލިކް ރިލޭޝަން އަދި މީޑިއާ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވި މި ޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްޞަދަކީ އަޑު އިވުމުން މަހުރޫމްވެ، ވާހަކަދެއްކުމުން މަހުރޫމްވެފައި ތިބި މީހުންނަށް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަކޮށްދިނުންކަމަށެވެ. އަދި ކުރިން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ތަޢާރަފް ކުރި ޚިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗްގައި ތައާރަފްކުރި މި ޚިދުމަތާއެކު، މި ހޮސްޕިޓަލް ވެގެންދާނީ ރާއްޖޭގައި އިޝާރާތް ބަހުން ތަރުޖަމާކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ހޮސްޕިޓަލަށެވެ.