ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ނަހުޒާ ހޮވިއްޖެއެވެ.
ދެވަނަ ދަރިވަރަކަށް ސަފިއްޔާ ޙަސަން ހޮވުނުއިރު ތިންވަނަ ހާސިލްކުރީ ޢައިޝާ އަޙްމަދު އަހްލާމެވެ.
ހިރިޔާ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ދަރިވަރުން އިނާމް ހާސިލްކޮއްފައިވާއިރު، މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ފާތުމަތު ނަހުޒާއެވެ. ދެވަނަ ސަފިއްޔާ ޙަސަން ހާސިލްކުރިއިރު ތިންވަނަ ހާސިލްކުރީ ޢައިޝާ އަޙްމަދު އަހްލާމްއެވެ.
ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި އެސްކޫލުން މިދިޔަ އަހަރު އެކިއެކި ގޮތްގޮތުން އިނާމް ހާސިލްކުރި ދަރިވަރުންނަށް އިނާމާ ހަދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ. އެގޮތުން ޖެނެރަލް ޕްރޮފެޝެންސީ އެވޯރޑާއި ކްލާސް އަދި ވަކިވަކި މާއްދާތަކުން އިނާމް ހާސިލްކުރި ދަރިވަރުން ހިމެނެއެވެ. މީގެ އިތުރުން އިތުރު ހަރަކާތްތަކާއި ސްކޫލުގެ ޓޮޕް ޓެން އަދި ޤައުމީ ފެންވަރުގައި ވަނަ ހޯދި ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކޮށް އެދަރިވަރުންނަށްވެސް ވަނީ އިނާމު ދީފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަމުން ހިރިޔާ ސުކޫލުގެ ޕްރިންސިޕްލް ރިންޒީ ވަހީދު ވަނީ ދަރިވަރުންގެ ތަޢުލީމީ ކަންތައްތައްކަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާތީއާ، ވަސީލަތްތައް ޤާއިމް ކޮއްދިނުމުގެ އިތުރުން ދަރިވަރުންނާ ގުޅުން ހުރި ކަންކަން ކައިރިން ބައްލަވަމުން ގެންދަވާތީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައޫމްއަށް ޝުކުރު ދަންނަވާފައެވެ.
ދަރިވަރުންނަ ނަސޭހަތް ދެއްވަމުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރގެ ޑީން ޑރ.ރަޙީމާ ޢަބްދުއް ރަޙީމް ވިދާޅުވީ ދަރިވަރުނަށް ދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ދަރިވަރުން ވަރަށް ގިނަ ފަށަލަތަކުން ރައްކާތެރި ކުރަން ޖެހޭކަމަށެވެ.
ޑރ. ރަހީމާ ގެ ވާހަކަފުޅުގައި ދަރިވަރުން ކިޔެވުން ނިންމާ މުޖުތަމައުގެ ތެރެއަށް ނިކުންނަ އިރު ކިޔެވި އެއްޗަކާ އެއްވަރަށް އަދި ލިބިފައިވާ ސެޓްފިކެޓަކާ އެއްވަރަށް ޒިންމާ އުފުލާ ހިވާގިކަމާ ތެދުވެރިކަމާ ނަޒާހާތް ތެރި ކަމާއެކު ޤައުމަށް ހިދުމަތް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.