ޚަބަރު

ޗައިނާ މަނަވަރުގެ ކޮމާންޑަރު ޑިފެންސް މިނިސްޓަރާ ބައްދަލުކޮށްފި


ރަޙްމަތްތެރިކަމުގެ ދަތުރެއްގައި މިހާރު ރާއްޖެ އައިސް އޮތް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން މަނަވަރުގެ ކޮމާންޑަރ، ރެއާ އެޑްމިރަލް ޝެން ހާއޯ އާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. 

މިއަދު މެންދުރު ޑިފެންސް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހި އަސްކަރިއްޔާ އާއި ޗައިނާގެ އަސްކަރިއްޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

އަދި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ޗައިނާ އަސްކަރިއްޔާގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް އެހީތެރިކަން ދިނުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.