ޚަބަރު

އަމީރުލްޙައްޖު، ޙައްޖުވެރިންނާ ބައްދަލުކުރައްވައިފި


ރާއްޖެއިން މިއަހަރު ޙައްޖަށްދިޔަ މީހުންގެ ކަންކަން އިސް ފެންވަރެއްގައި ބެލެހެއްޓެވުމަށް އަމީރުލްޙައްޖުހެ ގޮތުގައި ވަޑައިގެންނެވި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ޙައްޖު ކޯޕްރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންނަށް ބައްދަލުކުރައްވައިފިއެވެ.

ޙައްޖުވެރިންނަށް ބައްދަލުކުރައްވައި މިނިސްޓަރ ވަނީ ޙައްޖުވެރިންގެ ޙާލު އަހުވާލު ބައްލަވާފައެވެ.

ޙައްޖުވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ވިދާޅުވީ އަދުގެ ސަރުކާރުން ގެންދަވަނީ ޙައްޖުގެ އަޅުކަން އަހަރުން އަހަރަށް ރަނގަޅުކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އަދި މިކަމަށް ރައީސް ޢަބްދުﷲ ޔާމިން ވަރަށްބޮޑު އިސްކަމައް ދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުރިހާ ޙައްޖުވެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ވިދާޅުވާކަމަށާއި ހުރިހާ ޙާއްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް ރައީސް އެދިވަޑައިގަންނަވާކަމަށްވެސް އިކޮނަމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙާއްޖުވެރިންނަށް މިނާގެ ދަތުރުތަކާ ބެހޭގޮތުން ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައިވެސް ބައިވެރިވަޑައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން އެހެން ޤުރޫޕްތަކުގެ ޙާއްޖުވެރިންނަށްވެސް އެމަނިކުފާނެ ބައްދަލުކުރައްވާނެކަމަށެވެ.