ޚަބަރު

ބައި-އިލެކްޝަންގެ މަސައްކަތް އަލުން ފެށުމަށް ނިންމައިފި


ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއެއްގެ ބައި އިލެކްޝަންގެ މަސައްކަތް މަޑުޖައްސާލާފައި އޮތުމަށްފަހު ބައި-އިލެކްޝަންގެ މަސައްކަތް އަލުން ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ވިލިގިލީ ދާއިރާއާއި، މަޑުއްވަރީ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް އިޢުލާން ކުރުމަށްފަހު، އެމަސައްކަތް މަޑު ޖައްސާލާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އެނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމާ ގުޅިގެނެވެ. އެހެންމަވެސް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ބާތިލުކޮށްފައި ނުވާތީ، އެދާއިރާތަކުގެ ބައި އިލެކްޝަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާންކޮށްފައެވެ.

4 ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަނުން ނިންމި ނިންމުން ބާތިލުކުރުމަށް ހުށައެޅި މައްސަލަ ނިންމައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެމައްސަލައިގައި އިތުރު ގޮތެއް ސުޕްރީމް ކޯޓުން ނިންމަން ނުޖެހޭކަމަށެވެ. އެހެންކަމުން މެމްބަރުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއްކަން ވަނީ ކަށަވަރުވެފައެވެ.