ޚަބަރު

4 މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައި- ސުޕްރީމް ކޯޓު


އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުއްވި 4 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވައިފިއެވެ. 

މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 4 މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހިމް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުއެވެ. 

ސުޕްރީމް ކޯޓުގެ ޙުކުމްގައިވަނީ ކޯޓަށް މައްސަލަ ހުށަހެޅުއްވި 4 މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ނިންމަވަންޖެހޭ އިތުރު ނިންމެވުމެއް ނެތްކަމަށެވެ.