ޚަބަރު

ހަނިމާދޫގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ހދ.ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެދަށުން އެރަށު މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

މަގުހެދުމުގެ މަޝްރޫޢުގެދަށުން 21 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށްވަނީ ހަމަޖެހިފައެވެ. ހަނިމާދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތްކުރާ އެމްއާރްޑީސީން މަޢޫލޫމާތުދޭގޮތުގައި މަގުތަކުގައި ސެޓްލްމެންޓް ޓޭންކާއި ހޮޅި ވަޅުލުގެ މަސައްކަތް މިހަރު ވަނީ ފަށާފައެވެ. މި މަޝްރޫޢޫގެދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ހަނިމާދޫގެ މަޤުތަކުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މަގުހެދުމުގެ ޢަމަލީ މަސައްކަތައް ބޭނުންވާ ސާމާނާއި، މެޝިނަރީތައް މިހާރު ހަނިމާދޫއަށް ގެންގޮސްފައިވާކަމަށްވެސް އެމްއާރްޑިސީން މަޢުލޫމާތުދެއެވެ. 

ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މިހާރުވެސް 13 ރަށެއްގެ މަގުހެދުމުގެ މަޝްރޫޢުއު ފަށައިގެން ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމަތުދެއެވެ.