ޚަބަރު

ޙަވާލުވާނެ ބަޔަކު ނެތި ޖިއްދާ އެއަރޕޯޓުގައި 4 ދިވެހިން!!


ޙަވާލުވާނެ ބަޔަކާ ނުލައި މައްކާއަށް ގޮސް ޖިއްދާ އެއަރޕޯޓް ތިބި ހަތަރު ދިވެހިންނާ ޙައްޖު ކޯޕަރޭޝަނުން ޙަވާލުވެއްޖެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.  

ޖިއްދާ އެއަރޕޯޓްގައި މި ހަތަރު މީހުން ތިއްބައި މައްކާގައި ހުންނަ ދިވެހި ޙައްޖު މިޝަނުން ޙަވާލުވުމަށްފަހު މިހާރު އެމީހުންގެ ކަންކަން ޙައްޖުކޯޕަޝަނުން ބަލަހައްޓަމުން އެބަގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ހަތަރު މީހުން މައްކާއަށް ގޮސްފައިވަނީ މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާޢަތެއްގެ ޙަވާލުގައި ނޫންކަމަށެވެ.

އެ މީހުންނަށް ސަޢޫދީއަށް އެތެރެވެފައިވަނީ ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީގެ ނަމުގައި ވިސާ ޖަހައިދީފައި އޮތުމުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސަޢޫދީގައި ހުރި ރާއްޖޭގެ އެމްބަސީން މިހާރު އެކަން ހިނގިގޮތް ބަލަމުން އަންނަކަމަށެވެ.