ޚަބަރު

ކުޑަދޫގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރު ހުޅުވަނީ


15 ވޯޓާ ވިލާއާއެކު ޅ.އަތޮޅު ކުޑަދޫގައި ތަރައްޤީކުރާ ރިސޯޓް އަންނަ އަހަރުތެރޭ ހުޅުވުމަށް ނިންމައިފިއެވެ.

ކުޑަދޫ މޯލްޑިވްސް އަކީ މިއަހަރު ކުރީ ކޮޅު ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއިއެކު ހުޅުވި ހުރަވަޅި އައިލެންޑް ރިސޯޓުގެ ފަރާތުން ހުޅުވާ ރިސޯޓެކެވެ.

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅީގެ ނަމުގައި ހުޅުވާ މި ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހުރަވަޅި ރިސޯޓުންވެސް ހިދުމަތް ލިބޭނެއެވެ. ކުޑަދޫ ރިސޯޓުން ހުރަވަޅި ރިސޯޓަށް ކުރަން ޖެހެނީ ފަސް މިނެޓްގެ ދަތުރެކެވެ.  

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަށް ތަރައްޤީކުރާ މި ރިސޯޓުގައި ހުންނަނީ ހަމައެކަނި ވޯޓާ ވިލާއެވެ. އަދި ކޮންމެ ވޯޓާ ވިލާއެއްގައި ޕޫލެއް ހުރެއެވެ. އަދި ކޮންމެ ވިލާއަކަށް ޚިދުމަތްދޭން ވަކި ބަޓްލަރއެއްވެސް ހުރެއެވެ.