ޚަބަރު

"ކޮންމެ ލޭ ތިއްކަކީ ހާދަ މާތް ޞަދަގާތެކޭ"


އިސްލާމިކް ޔުނިވަރސިޓީން "ކޮންމެ ލޭ ތިއްކަކީ ހާދަ މާތް ޞަދަގާތެކޭ" ނަމުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

މި ހަރަކާތަކީ ރާއްޖޭގައި ތެލެސީމިޔާ ބަލި ތަހައްމަލު ކުރަމުންދާ ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ. ޔުނިވަރސިޓިގެ ގެ ދަރިވަރުންގެ ޖަމިޔާއަކުން އިސްނަގައިގެން އިސްލާމިކް ޔުނިވަރސިޓީއާ ތެލެސީމިޔާ ސެންޓަރާ ގުޅިގެން ހިންގާ މި ކޭމްޕްގައި އިސްލާމިކް ޔުނިވަރސިޓިގެ ދަރިވަރުންނާ، ލެކްޗަރާއިންނަށާ އަދި އާންމު ރައްޔިތުންނަށްވެސް ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

އިސްލާމިކް ޔުނިވަރސިޓީގެ ޕޯސްޓް ގުރެޖުއޭޝަން ސެންޓަރގެ ޑީން، ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ވީހާވެސް ގިނަ ފަރާތްތަކުން ދުރުވެ މި ހަރަކާތުގައި ބައިވެރިވެ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ މި ހަރާކާތް ފުރިހަމަވެގެންދާނެ ކަމެއްކަމަށެވެ.

މިއަދު ހެނދުނު ނުވަޔަކުން ފެށިގެން ހަވީރު ހަޔަކަށް ޔުނިވަރސިޓީގެ ހޯލަށް ވަޑައިގެން ލޭ ހަދިޔާ ކުރެވޭނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.