ޚަބަރު

އަލަށް ކެނޑި ނެރުމައްޗަށް ލޯންޗެއް އަރައި ގެއްލުންވެއްޖެ


މާލޭ ދެކުނުފަރާތުން އަލަށް ކެނޑި ނެރުމައްޗަށް ލޯންޗެއް އަރައި ގެއްލުންވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދޭ ގޮތުގައި މި ޙާދިސާ ހިނގާފައިވާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު ފަސްގަޑި ފަންސާސް ހާއިރުއެވެ.

މިޙާދިސާ ހިނގި އިރު ލޯންޗުގައި 3 މީހަކު ތިބިކަމަށާއި އެމީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ފުލުހުން ދަނީ މިޙާދިސާ ތަޙުޤީގު ކުރަމުންނެވެ.