ޚަބަރު

ކޫއްޑޫގައި ތަރައްޤީކުރި ރިސޯޓް ހުޅުވައިފި


ގއ. ކޫއްޑޫގައި ތަރައްޤީކޮށްފައިވާ ރިސޯޓު ހުޅުވައި ފަތުރުވެރިންނަށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ ރާއްޖޭގެ ސަރަޙައްދީ އެއަރޕޯޓް ހިންގާ ރަށެއްގައި ހުޅުވާފައިވާ ފުރަތަމަ ރިސޯޓެވެ.

މި ރިސޯޓު ތަރައްޤީކޮށްފައިވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން، އެޗްއާރުސީގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ މި ރިސޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ސައުވީސްވަނަ ދުވަހު ކަމަށެވެ. އަދި ރިސޯޓު ހުޅުވުން ފާހަގަކުރުމަށް ޙާއްސަ ހަފްލާއެއް އެ ރިސޯޓުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ޖަނާހް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15034925116514.jpg|ކުއްޑޫގައި ތަރައްޤީކޮށްފައިވާ ރިސޯޓް / މިރިސޯޓް ހިންގާނީ ފްރާންސްގެ ކުންފުންޏަކުން

މަރކްއަރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ފަރަންސްގެ ކުންފުންޏެއް ކަމަށްވާ އެކޯރ ހޮޓެލްސްއިންނެވެ. ހަތަރު ތަރީގެ މި ރިސޯޓުގައި 68 ކޮޓަރި ހުރެއެވެ. އޭގެތެރެއިން 43 ކޮޓަރިއަކީ މޫދު ކޮޓަރި، އަދި ފަންސަވީސް ކޮޓަރިއަކީ ބީޗު ކޮޓަރިއެވެ.

މަރކްއަރ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައި ޑައިވް ސެންޓަރަކާއި ވޯޓަރސްޕޯޓްސް ސެންޓަރަކާއި ސަޕާރ އަދި ޖިމެއްވެސް ހިމެނޭނެއެވެ.