ޚަބަރު

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދަޢުވާ އުފުލައިފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފިއެވެ. 

ޕީޖީ އޮފީހުން ބުނީ ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ ހަފްތާގައިކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާއެވެ. 

ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން ފާރިސް މައުމޫން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. ފާރިސް މައުމޫން ރިޝްވަތު ދޭން އުޅުކަމުގެ ހެކިލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ ހައްޔަރުކުރުމުގެކުރިން އޭނާ ދިރިއުޅުއްވާ ގެ ދެ ފަހަރެއްގެ މަތިން ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.