ޚަބަރު

ލަވަކިއުންތެރިޔާ މޭޖަރ އަޙްމަދު ޢާޠިފް އަވަހާރަވެއްޖެ


އެމްއެންޑީއެފް ލަވަކިއުންތެރިޔާ މޭޖަރ އަޙްމަދު ޢާތިފް އަވަހާރަވެއްޖެއެވެ. 

މިއަދު އޭނާ އަވަހާރަފައި އޮއްވާފެނުނީ ހަނިމާދޫގައި އޭނާ އުޅުއްވި ކޮޓަރީގައެވެ. ބެލެވޭގޮތުގައި އޭނާ އަވަހާރަވީ ކުއްލިއަކަށެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި ޢާޠިފް އަވަހާރަވިކަން އެނގުނީ މެންދު ފަރިއްކުޅުއްވަން އޭނާ ވަޑައިނުގަތުމުން ކޮޓަރި ބެލެމުންނެވެ. އެމެއެންޑީއެފްގެ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމުގައި ހުންނެވި ޢާތިފް ނިޔާވިއިރު، މަސައްކަތްކުރައްވަމުން ގެންދެވީ އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓްގައެވެ.މޭޖަރ އަޙްމަދު ޢާޠިފް މަޝްހޫރު ވެވަޑައިގެންފައިވަނީ ލަވަ ކިޔުމުގެ ދާއިރާއިންނާއި، ލަވަ މުބާރާތްތަކުގައި ސްކޫލް ދަރިވަރުންނަށް ލަވަދަސްކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ޢާޠިފަކީ ވަރަށް ރީތި ލަވަތައް ވިދާޅުވެފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ.މޭޖަރ އޢާތިފްއަކީ 2014 ވަނަ އަހަރު ޕާރފޯމިންގ އާޓްސްގެ ދާއިރާއިން؛ ލަވަކިޔުމާއި، މިއުޒިކު ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ  ބޭފުޅެކެވެ. މީގެ އިތުރުން ޢާޠިފަކީ ޕީއެސްއެމްއަށްވެސް އެކި ގޮތްގޮތުން އޭނާ ފަންނުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.