ޚަބަރު

އެމްއެންޔޫއިން 31 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ދީފި


ތައުލީމީ ގޮތުން ކުރިއަށް ދިޔުމުގެ މަގުފަހި ކޮއްދިނުމަށްޓަކައި ރާއްޖޭގެ ޤައުމީ އުނިވަރސިޓީ، އެމް.އެން،އޫ އިން ގިނަ ދަރިވަރުންތަކަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ދީފިއެވެ. 

ތައުލީމީގޮތުން ކުރިއަށް ދިޔުމުގެ މަގު ފަހި ކޮއްދިމައްޓަކައި ޤައުމީ ޔުނިވަރސީޓީ ދިން ސްކޮލަރޝިޕް ފުރުސަތު ދިނުމަށް ބޭއްވި ރަސްމިޔާތުގައި ޖުމްލަ ފަސް ކެޓަގަރީން ދަރިވަރުންނަށް ސްކޮލަރޝިޕް ދީފައިވެއެވެ. އެގޮތުން ޑިގްރީއާއި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ. މީގެ ތެރޭގައި ފުލް ސްކޮލަރޝިޕާ، އަދި ޓިއުޝަން ފީ ލިބޭ ސްކޮލަރޝިޕް ހިމެނެއެވެ. މީގެ އިތުރުން ނޮވެމްބަރ ތިނެއްގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ސަރުކާރުން 1998 ފެށިގެން އަރުވަމުންދާ ޝަހީދުންގެ އެވާރޑް ހަތް ދަރިވަރަކު ހާސިލްކޮށްފައިވެއެވެ.  

މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ބަލަނީ ދަރިވަރުން ހޯދާ ނަތީޖާތަކަށްކަމަށް އެމް.އެން.އޫގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ އައިޝަތު ޝަހީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ މުހިއްމުކަމާއި ތަޢުލީމް ފެތުރުމަށް ޔުނިވަރސިޓީގެ ދައުރު އިންފޮމޭޝަން ކޮމިޝަރ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ދަރިވަރުންނަށް އެހީތެރިވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. މިފަހަރު ޖުމްލަ 31 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ދީފައިވެއެވެ.