ޚަބަރު

ނޮވެމްބަރު 15ގައި ނައިޓް މާކެޓް ބާއްވަން ނިންމައިފި


ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައިވާކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ. 

ނައިޓް މާކެޓްއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑް މެންބަރު އަބްދުލް މާނިއު އަބްދުއްސަމަދު ވިދާޅުވީ މިފަހަރުގެ ނައިޓް މާކެޓް އެހެން އަހަރުތަކަށް ވުރެ ކުލަގަދަކޮށް ބޭއްވުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.  

މިފަހަރުގެ ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސިނާއީ ސަހަރައްދުގައެވެ. މާކެޓުގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިންނަށް މިއަދުން ފެށިގެން ނަންނޯޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ ހުޅުވާލާފައެވެ.

ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނަންބަރަށް ގުޅައިގެން ނަންނޯޓް ކުރެވޭނެއެވެ. މިފަހަރުގެ ނައިޓް މާކެޓް ބާއްވާ ސިނާއީ ސަރަހައްދުގައި މޭޒުބެހެއްޓޭނެ ތަންތަނާއި ބެހޭގޮތުން ހައުސިންގް މިނިސްޓްރީއާއި ވާހަކަދައްކައި އެސަރަހައްދު މިހާރު ސާރވޭ ކުރަމުންއަންނަކަމަށް ވަޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.