ޚަބަރު

ބަނގްލަދޭޝްގެ ނެޝަނަލް މޯރނިންގް ޑޭ ރާއްޖޭގައި ފާހަގަކޮށްފި


ރާއްޖޭގައި ހުންނަ ބަނގްލަދޭޝްގެ އެމްބަސީގައި އެ ޤައުމުގެ 42 ވަނަ "ނެޝަނަލް މޯރނިންގް ޑޭ" ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގައިފިއެވެ.

"ނެޝަނަލް މޯރނިންގް ޑޭ" ނުވަތަ ނުވަތަ ޤައުމީ ހިތާމަފާޅުކުރުމުގެ ދުވަހަކީ އެޤައުމުގެ ބައްޕަކަމުގައިވާ ބަންގުބަންދު ޝޭޚް މުޖިބުރު ރަހްމާންއާއި އޭނާގެ އާއިލާ އިހާނެތިކޮށްމާރިލުމުގެ ހިތާމަ ފާޅުކުރުމަށް ކޮންމެ އަހަރަކުވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

އެގޮތުން މިއަދު ހެނދފުނު ބޭއްވި ރަސްމިއްޔާތެއްގައި މިދުވަހުގެ ހިތާމައިގައި އެ ޤައުމުގެ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ. އަދި އިތުރު ހަރަކާތްތަކެއް މިއަދު އެއްކޮށް ކުރިއަށް ދާނެކަމަށް ބަނގްލަދޭޝް އެމްބަސީއިން މައުލޫމާތުދެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އިންޑިއާއާއި ޕާކިސްތާންގެ އެމްބެސިޑަރުންވަނީ ބަނގްލަދޭޝް ކޮންޑޯލެންސް ބުކްގައި ސޮއި ކުރައްވާފައެވެ.