ޚަބަރު

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް 2018ގެ ކުރިން ހައްލެއް!


މިއަހަރު ނިމުމުގެ ކުރިން މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ޕީޕީއެމް ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މަސްވެރިކަން އެންމެ ރަނގަޅު އިރުވެސް މަސްވެރިންނަށް ހުރި އުނދަގޫތައް އެމަނިކުފާނަށް އިޙްސާސްކުރެވޭކަމަށެވެ. އެކަމަށް ޙައްލެއް ގެނައުމަށް މީގެ މަހެއްހާ ދުވަސްކުރިން އެމަނިކުފާނު އިޤްތިޞާދީ ކޮމިޓީގައި އިންނަވައިގެން ބަޖެޓްގެ ތެރެއިން 20 މިލިއަން ޑޮލަރު، ކަނޑައަޅާފައިވާނެކަމަށެވެ.

މަސްވެރިންނަށް ގެނެސްދެއްވާނެ ހައްލުތަކުގެ ތަފްސީލްގެ ބައެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ހަލާކުވެފައިވާ އައިސްޕްލާންޓް ހެދުމާ، އިތުރު ތަންތަނުގައި އައިސްޕްލާން ހެދުމާއި ދޯނި ފަހަރުގައި އަމިއްލައަށް އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނޭކަމަށެވެ. މިއީ ބަޖެޓްގެ ތެރެއިން ކުރައްވާ ކަންކަންމަށާ އިތުރު ތަނަކުން ލޯން ނަންގަވައިގެން ކުރައްވާ ކަމެއްނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މަސްވެރިންގެ ހުރިހާ ޝަކުވާއަކަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށެވެ.