ޚަބަރު

ވަހީދުގެ ބަންދަށް 4 ދުވަސް އިތުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާކަމަށް ކަނޑައަޅާފައިވާ މުޙައްމަދު ވަޙީދު އިބްރާހީމްގެ ބައްދަށް 4 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

މިއީ މުޙައްމަދު ވަޙީދު އިބްރާހީމްގެ ބަންދަށް ކޯޓުން މުއްދަތު އިތުރުކޮށްދިން 3 ވަނަ ފަހަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައެޅިފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ޤަވާއިދާ ޚިލާފަތް ވަތް މައްސަލައިގައި މުޙައްމަދު ވަޙީދު އިބްރާހީމްގެ ބަންދަށް މިއަދު 4 ދުވަސް އިތުރުކޮށްދީފައިވަނީ މީގެ ކުރިން އޭނާގެ ބަންދަށް ޖަހައިދިން 4 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި މުއްދަތު މަޖިލީހުގައެވެ.

މުޙައްމަދު ވަޙީދު ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރުނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީއެވެ. އޭނާ ޖަލުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤް ކުރުމަށް އިތުރު 4 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައެވެ.