ޚަބަރު

ރައީސްއަށް ތާޢީދުއޮތްކަން ހާމަކުރުމުގެ ހަރަކާތްތައް ފަށަނީ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ޤައުމަށް ގެންނަވާ ތަރައްޤީއާ އެކީ ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން ފަށާ ހަރަކަތްތައް މިއަދު ހަވީރު ފަށާނެއެވެ. 

މިއަދު ފަށާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދީންގެ ހަވީރާއި އެކިރަށްރަށުގައި ޖަހަގަ ހުޅުވުންފަދަ ހަރަކާތްތައް ހިމެނެއެވެ. އެގޮތުން މާލޭގެ ތިން ސަހަރަހައްދެއްގައި ހަރަކާތް ކުރިއަށްދާނެ ކަމަށް ޕީޕީއެމް ބުނެއެވެ. މި ހަރަކާތުގެ ތެރެއިން ސައިކަލުބުރު ތަކާއި ކުޑަކުދިންގެ ހަވީރާއި، މިޔުޒިކް ޝޯތަކާއި ހިނގާލުންތަކާ ޖަލްސާތަކާއި ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.