ދީން

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ފަށަނީ


ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ދީނީ ނަސޭޙަތް ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓރަ ވިދާޅުވީ މިމަހުގެ އެގާރަވަނަ ދުވަހު އައްޑު އަދި ފުވައްމުލަކު ސިޓީއަށް އިސްލާމިކް މިނިސްޓްރީގެ ތިން ބޭފުޅުން ވަޑައިގެން، ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް އައްޑުއާއި ފުވައްމުލަކުގައި ފެށި ނަމަވެސް، ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ އަންނަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރެވޭނެކަމަށެވެ.

ރައްޔިތުން ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން އެއްއަހަރުދުވަހުގެ މުއްދަތަށް، ހުކުރު އުފާގެ ނަމުގައި ސިލްސިލާ ޙަރަކާތްތަކެއް މިދިޔަ ހަފުތާގައި ވަނީ ފަށާފައެވެ. މި ޕްރޮގްރާމްގެ ޙަކަރާތްތައް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރާއި ރޭގަނޑު ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.