ޚަބަރު

މިއަހަރުގެ އެންމެ ދިގު ހަނދުކޭތަ މިރޭ ހިފާނެ


މިއަހަރުގެ އެންމެ ދިގު ހަނދުކޭތަ މިރޭ ހިފާނެއެވެ. 

ރާއްޖެއަށް ހަނދު ކޭތަ ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން، ދައްކާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނދުކެތަ ނަމާދު ކުރުން އޮންނާނެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެރޒުން ވިދާޅުވީ މާލެއާއި މީހުން އުޅޭ ރަށްރަށުގެ ބޮޑެތި މިސްކިތްތަކުގައި މިރޭ ނުވައެއްޖަހާއިރު ކޭތަ ނަމާދު ކުރަނެކަމަށެވެ. އަދި މާލޭގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

މިރޭ 8:50 ފެށިގެން މެންދަމު 1:50 އަށް ހަނދު ކޭތަ ދެމިގެންދާނެއެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނަނެކަމަށް ލަފާކޮށްފައިވަނީ 11:20 ގައެވެ.

މިއީ މިއަހަރުތެރޭގައި ހިފާ ދެވަނަ ހަނދުކޭތައެވެ. މިކޭތައަކީ ފަޅިކޭތައެކެވެ.