ޚަބަރު

އަލިފާނުގެ ޙާދިސާގައި އަނިޔާވި 11 މީހަކަށް އަދިވެސް ފަރުވާދެނީ


ހުޅުމާލޭގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 11 މީހަކަށް އަދިވެސް ފަރުވާދެމުންދާކަމަށް އާސަންދައިން ބުނެފިއެވެ.

މިހާދިސާގައި 31 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ބިދޭސީންނާއި 2 ދިވެހީންނެވެ.

ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގައި ސިނާޢީ ސަރަހައްދުގައި ހުރި އަމީން ކޮންސްޓްރަކްޝަންގެ ގުދަނެއްގައެވެ. އަލިފާން ނިއްވާލެވުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އަލިފާން ނިއްވާ މީހުންގެ އެހީތެރިކަމާއެކުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭންގޭ ކަމަށާއި މިކަން ތަހުގީގުކުރަމުން ދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.