ޚަބަރު

ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!!


ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުތައް ބެހެއްޓި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރީ 42 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ ލ. ކައްދޫ އެއާޕޯޓުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.