ކުޅިވަރު

ބަށި މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން މާފަރު ހޯދައިފި


ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ނ.މާފަރު ހޯދައިފިއެވެ.

 މާފަރު ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ށ.ގޮއިދޫގައި ކުޅުނު ފައިނަލްގައި ރ.އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ ބަށި ޓީމްގެ މައްޗަށް ހަތް ލަނޑުން ކުރި ހޯދައިގެންނެވެ. މާފަރު ޓީމް ވަނީ މެޗުގައި 27 ލަނޑު ހަދާފައެވެ. އިނގުރައިދޫ ޓީމަށް ހެދުނީ 20 ލަނޑެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާފަރު ޓީމްގެ ރުކުޝާނާ އާދަމްއެވެ. މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިއަކީވެސް އަދި އެންމެ މޮޅު ހިފުންތެރިއަކީވެސް އޭނާއެވެ. މާފަރު ޗެމްޕިއަންކަން ހޯދުމުން އެޓީމަށް މާފަރުން ކިޔަނީ ރަތްދޫލައިގެ މަރުހަބާއެކެވެ.

 މުބާރާތުގެ ޒޯން އެކެއްގެ މެޗުތައް ގޮއިދޫގައި ކުޅުނުއިރު އެރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ޒޯން އެކެއްގެ މެޗުތައް ކުރިއަށްގޮސްފައިވަނީ ވަރަށް ވާދަވެރިކަމާއެކުއެވެ. ޒޯން އެކެއްގައި ދެން ވާދަކުރީ ށ.ގޮއިދޫއާއި ހ.ކެލާއެވެ. ޒޯން ދޭއްގެ މެޗުތައް މިމަހުގެ 10 ވަނަ ދުވަހު ނައިފަރުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅި ރާއްޖެއިން ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ބަށި މުބާރާތެވެ.