ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ފަސްކޮށްފި


ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ހިނގި އަލިފާނުގެ ޙާދިސާއާގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެއްސި ޖަލްސާ ފަސްކުރީ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޢާންމު ޙާލަތަކަށް ގެނައުމަށާއި، ކަމާގުޅޭގޮތުން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅުމަށްޓަކައިކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެއެވެ.

މިއަދު އިރުއޮއްސުނު ހިނގި މިހާދިސާ ހިނގާފައިވަނީ އިދާރާގެ ފާޚާނާއެއްގެ ތެރޭގައެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުންވަނީ އަލިފާން ނިއްވާފައެވެ. މިހާދިސާއާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓަކުންކަން ކަށަވަރުވެފައި ނުވާކަމަށެވެ.