ޚަބަރު

މަޖިލީހުގެ އިދާރާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މިޙާދިސާ ހިނގާފައިވަނީ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގައި ކަމަށާއި، ރޯވި އަލިފާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ. މިރޭ އިރުއޮއްސި ހައެއް ޖެހިއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގީ ކަރަންޓް ޝޯޓަކުންކަމަށް މައުލޫމާތު ލިބެއެވެ. ހަދިސާ ހިނގިގޮތް އެމް.އެން.ޑީ.އެފުން ދަނީ އިތުރަށް ބަލަމުންނެވެ.