ޚަބަރު

ފޮރިން މިނިސްޓަރ، އިނގިރޭސި ސަފީރާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމް، އިގިރޭސި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޭމްސް ޑައުރިސްއާ ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވ. އަދި އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސަވައި ދެއްވިކަމަށްޓަކައި އިނގިރޭސި ސަރުކާރަށް މިނިސްޓަރ ޢާޞިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސިވިލާތުގައި ތައުލީމު ހާސިލު ކުރުމަށާއި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ ގޮތަށް ވިސާ އެޕްލިކޭޝަން ސެންޓަރެއް އެއްދުވަހުގެ މުއްދަތަށް ޤާއިމްކުރާނީ އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.