ދުނިޔެ

ޕާކިސްތާނުގެ އިންތިޤާލީ ބޮޑުވަޒީރުކަމަށް ޢައްބާސީ


ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިސްތިޢުފާދެއްވި ބޮޑުވަޒީރު މުޙައްމަދުނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝާހްބާޒް ޝަރީފް އިންތިޚާބުކުރެވެންދެން އެ ޤައުމުގެއިންތިޤާލީ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާނީ ހުކުރު ދުވަހާ ހަމައަށް ޕެޓްރޯލިއަމްމިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޝާހިދު ޚާން އައްބާސީކަމަށް، ޕާކިސްތާންމުސްލިމް ލީގް ނަވާޒް (ޕީ.އެލް.އެމް-އެން) ޕާޓީން އިޢުލާންކޮށްފިއެވެ. ޝާހްބާޒް ޝަރީފްބޮޑުވަޒީރުކަމުގެ މަޤާމަށް ޢައްޔަންކުރެވޭނީ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށްއިންތިޚާބުވެވަޑައިގަތުމަށްފަހުއެވެ.

img:http://s4.psmnews.mv/images/660x400/15013534638306.jpg|ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝާހްބާޒް ޝަރީފް-

ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އަދިވެސް އޮތީ (ޕީ.އެލް.އެމް-އެން)އަށްކަމުން، ޝާހްބާޒް ޝަރީފަށް ވަނީ ބޮޑުވަޒީރުކަމުގެ މަޤާމު ޔަޤީންވެފައިކަމަށާއި، އޭނާޤާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައްވާނީ ނަވާޒް ޝަރީފު ތަމްސީލުކުރައްވަމުންގެންދެވި ދާއިރާއިން ކަމަށް ޕާކިސްތާނު ނޫސްތަކުން ބުނެއެވެ. މި ނިންމުމާއެކު ޝާހްބާޒަށް ޖެހިވަޑައިގަންނަވާނީ ޕަންޖާބު އެސެމްބްލީގައި އޭނާ ފުރުއްވަމުން ގެންދެވިގޮނޑި ދޫކޮށްލާށެވެ. އަދި އެ ގޮނޑި ދެން ފުރުއްވާނީ، ޕަންޖާބްގެ އެކްސައިސް އެންޑްޓެކްސޭޝަން މިނިސްޓަރު މުޖުތަބާ ޝުޖާއުއްރަޙްމާންކަމަށް ޕާޓީން ވަނީއިޢުލާންކޮށްފައެވެ.

ނަވާޒް ޝަރީފު މަގާމުން އިސްއުފާ ދެއްވީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެތުހުމަތުތަކުގެ ސަބަބުން ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވުމުގެ ޝަރުޠުހަމަނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާގުޅިގެންނެވެ. ސުޕްރީމް ކޯޓުގެހުކުމުގައި ވަނީ، ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވުމުގެ އިތުރުފުރުސަތެއްވެސް ދެން ނަވާޒް ޝަރީފަށް ލިބިވަޑައިނުގަންނަވާނެކަމަށް ބުނެފައެވެ.