ޚަބަރު

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ- މެޓް އޮފީސް


މިއަދާއި މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންލަފާކޮށްފިއެވެ. 

މޫސުމާބެހޭ ޤައުމީއިދާރާއިން ބުނީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މި ވިއްސާރައިގައި، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް އުދަ އެރުން އެކަށިގެންވާކަމަށް އެ އެއިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ، އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45  މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށާއި، މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.