ޚަބަރު

ކެލާގައި އާދަޔާ ޚިލާފަށް ހުވަނި ގިނަވަނީ


ހއ ކެލާގައި އާދަޔާ ޚިލާފަށް ހުވަނި ގިނަވަމުންދާތީ ކަމާބެހޭ ފަރާތްތަކާއެކު އެކަމުގެ މަޝްވަރާ ކުރަމުންދާކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ރަށުގެ އެކި ސަރަހައްދުގައި ހުވަނި އާލަވާމުން އަންނަކަމަށެވެ. އަދި ހޫނުމޫސުމަށްފަހު ވިއްސާރަ މޫސުމުގައި ހުވަނި މަދުވާކަމަށް. އެހެންނަމަވެސް ގިނަ އަހަރުގެ ހޫނު މޫސުމަށްފަހުވެސް ހުވަނި މަދު ނުވެ ގިނަވަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. ގުފްރާން ވިދާޅުވީ ހުވަނީ ޝަކުވާ އާއްމުންގެ ފަރާތުން ލިބެމުން އަންނަކަމަށާއި، މިކަމާ ގުޅެ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކަމުންދާކަމަށެވެ.

ކެލާ ކައުންސިލުން ވިދާޅުވީ ހުވަނި އިތުރުވަމުންދާތީ ރަށު ފެންވަރުގައި ކުރެވެހެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ. ހުވަންޏަކީ އާއްމުކޮށް ހޫނުމޫސުމުގައި ރައްރަށުން ގިނައިން ފެންނަ ދިރޭ އެއްޗެކެވެ. އަދި ހުވަނި ގިނައިން ފެންނަނީ މޭވާ އަޅާ ގަސްތަކުންނެވެ. ހުވަނި ގައިގެ ހަންގަނޑުގައި ޖެހިއްޖެނަމަ އެތަނަކުން ފިތްގަނޑު ނަގާ ހިރުވާ ގޮތްވެއެވެ.