ޚަބަރު

ދިވާސް ފެޝަން ޝޯވގެ މިޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ދިވާސް ފެޝަން ޝޯވ 2017 ގެ މިޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ މާރކެޓިންގ އެންޑް އީކޮމާރސް އިބްރާހީމް ނަޞްރީންއެވެ. ދިވާސްގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރ މެމްބަރ އަދި ޑިރެކްޓަރ އަޒްލީނާ އިބްރާހީމްއެވެ.

މިރަސްމިއްޔާތުގައި ޕަބްލިކް ސާރވިސް މީޑިއާގެ ޑިރެކްޓަރ މާރކެޓިންގ އެންޑް އީކޮމާރސް އިބްރާހީމް ނަޞްރީން ވިދާޅުވީ،  ޕީއެސްއެމްގެ މެނޭޖުމަންޓްގެ ވިސްނުމަކީ ޒުވާނުން ކުރިއެރުމަށްޓަކައި ކުރާ ކަންތަންތަކުގައި ޕީއެސްއެމްއިން ފުރިހަމަ އެއްބާރުލުން ދިނުންކަމަށެވެ.

ދިވާސް އަކީ ދިވެހި ކުދިން އެކިއެކި ދާއިރާތަކުން ތަމްރީންކޮށް އެކުދިން ކުރިއެރުވުމަށް މަސައްކަތްކުރާ އެޖެންސީއެކެވެ. ދިވާސްގެ ފައުންޑަރ މެމްބަރ އަދި ޑިރެކްޓަރ އަޒްލީނާ އިބްރާހީމް ވިދާޅުވީ މޮޑެލިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ޚާއްޞަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަމަށެވެ. އަދި މި ޕްރޮގްރާމްތަކުގައި ކޮންމެ ޢުމުރުފުރައެއްގެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށެވެ.

ދިވާސް ފެޝަން ޝޯވ 2017 ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހު ފަންސަވީހުގައި، ދަރުބާރުގޭގައެވެ.