ޚަބަރު

މިނިވަންދުވަހުގެ ޕެރޭޑް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި


މާދަމާ ފާހަގަކުރާ ރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާއީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޕެރޭޑާއި ރޫޓް މާޗް އޮންނާނީ އަންނަ ހުކުރުދުވަހު ހަވީރު ހަތަރު ގަޑިތިރީހުން ފެށިގެންކަމަށެވެ. ޝަރަފުވެރިކަމުގެ ހިނގާލުން ކުރިއަށް ދާނީ ހުޅުމާލެ ފިތުރޯނުމަގުގެ އެމްޕީއެލް ސަރަހައްދުން ފެށިގެން އަސުރުމާ ހިންގުމުން، ނިރޮޅުމަގުން، ފިނިފެނމާ ހިނގުމުން، ފިތުރޯނުމަގުގެ އެމްޕީއެލް ސަރަހައްދަށެވެ. މި ހިނގާލުމުގެ ތެރޭގައި ސިފައިންގެ ބޭންޑްގެ ހަރަކާތްތައްވެސް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.