ޚަބަރު

ރައީސް ޤައުމާ މުޚާތަބްކުރައްވާނީ 25 ވަނަ ދުވަހުގެ ރޭ 12 ޖަހާއިރު


މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޤައުމާ މުޚާތަބްކުރައްވާނީ މި މަހުގެ 25 ވަނަދުވަހުގެރޭ ދަންވަރު ބާރަ ޖަހާއިރުކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ކުރިން ބުނެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބް ކުރައްވާނީ މިނިވަންދުވަހުގެ ހެދުނު ދިހައެއް ޖަހާއިރުކަމަށެވެ.

މިނިވަންދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައްވާވާ ރަސްމީ ބައްދަލުކޮށްލެއްވުން އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެރޭ ދަރުބާރުގޭގައެވެ.

މިނިވަންދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާއި ކުޅިވަރުތައް އޮންނާނީ މިނިވަންދުވަހުގެރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި ޤައުމީ ކެޑޭޓްކޯގެ ފަރާތުން ބާއްވާ ރޫޓް މާޗް އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެ ހަވީރުއެވެ.