ޚަބަރު

ރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު، ފަތްކޮޅު އަރުވައިފި


ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޢަލީ ނަސީރު މުޙައްމަދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުއްވައިފިއެވެ.

ޑރ.ޢަލީ ނަސީރު މުޙައްމަދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޓްރަމްޕަށް އަރުވާފައިވަނީ  ވައިޓްހައުސްގައި ބޭއްވެވި ބައްދަލުވުމެއްގައިކަމަށް ނިއުޔޯކްގައި ހުންނަ ރާއްޖޭގެ މިޝަނުން ވަނީ ހާމަކޮށްފައެވެ. 

އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމާއި ކެނެޑާއަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް ޑރ.ޢަލީ ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ 28 ވަނަދުވަހުއެވެ. އެމެރިކާގެ ސަފީރުކަމުގެ މަޤާމަށާއި، އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމަށް ޑރ. ނަސީރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.