ޚަބަރު

ބީއެމްއެލްގެ އަހަރީ ޢާއްމު ޖަލްސާ އަންނަމަހު 23 ވަނަ ދުވަހު


ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ އަންނަ އޮގަސްޓްމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ، ދެހާސް ސޯޅަވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ އަންނަ މަހުގެ ތޭވީސްވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. ނަމަވެސް މި ޖަލްސާ އޮންނާނެ ވަކިތަނެއް ބީއެމްއެލްއިން ހާމަކޮށްފައެއް ނުވެއެވެ. 

ބީއެމްއެލްގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް ވިހިރުފިޔާގެ މަގުން، ސަތޭކަ ހަތެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އަށާރަ އިންސައްތަ އިތުރު އަދަދެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ދެހާސް ފަނަރަވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ޙިއްޞާއަކަށް ބަހާފައިވަނީ، ސަތާރަ ރުފިޔާއެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ ރާއްޖޭގެ ޕަބްލިކް ކުންފުންޏެއްގެ ސާފު ފައިދާ ބިލިއަނަކަށް އެރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.