ޚަބަރު

މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ބާޠިލްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބާޠިލްކޮށްފިއެވެ. 

މިމައްސަލަ މަޖިލީހުން ބަޠިލްކުރިކަން ކަނޑައަޅާފައިވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު އިބްރާހީމް، އެމެމްބަރުގެ ސޮއެ އަނބުރާ ގެންގޮސްފައިވާތިއްޔާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު، މުޙައްމަދު ވަޙީދު އިބްރާހީމް، އަދި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސައިންގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާތީ، ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ ޢަދަދު އުނިވުމާއި ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާޠިލްވިކަން މަޖިލީހުގެ ނައިބުރައީސް، މޫސާ މަނިކު ވަނީ ހުރިހާ މެމްބަރުންނަށް ސިޓީއަކުން އަންގާވާފައެވެ.