ޚަބަރު

ހައްޔަރުކޮށްފައިވާ ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ހއ. އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ޒަޚަމްތަކަކާއެކު މީހަކު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ދީފިއެވެ. މިއީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މީހުންގެ މުއްދަތު އިތުރުކޮށްދިން ތިންވަނަ ފަހަރެވެ. 

މިދިޔަ މަހުގެ 16 ވަނަ ދުވަހު ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނިފައިވަނީ، ޅ. ހިންނަވަރު ޢުމުރުން 54 އަހަރުގެ އިސްމާޢީލް އުމަރު ނަމަކަމަށް ކިޔާ މީހެކެވެ.

މިމައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރަމުންދާކަމަށާއި، މިކަމުގެ ތުހުމަތުގައި 6 ބިދޭސީން ބަންދުގައި ބައިތިއްބައިގެން މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށް އިތުރު 15 ދުވަސް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިދީފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ.