ޚަބަރު

ޔޫއެންޑީޕީގެ ރީޖަނަލް ޔޫތް ލީޑަރޝިޕް ޕްރޮގްރާމް ބާއްވައިފި


ޔޫއެންޑީޕީގެ ފުރަތަމަ ރީޖަނަލް ޔޫތް ލީޑަރޝިޕް ޕްރޮގްރާމް ހދ.ކުޅުދުށްފުށީގައި ބާއްވައިފިއެވެ. 

މި މަހުގެ ނުވައަކުން ސާދަގެ ނިޔަލަށް ކުރިޔަށް ދިޔަ މި ޕްރޮގްރާމަކީ ޔޫއެންޑީޕީއާއި ދިރާގު ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރީޖަނަލް ޔޫތް ލީޑަރޝިޕް ޕްރޮގްރާމްގައި ހދ. އަތޮޅުން 13 ޒުވާނުން ބައިވެރިވެފައިވެއެވެ. ޔޫއެންޑީޕީން ބުނީ މިއީ މުޖުތަމަޢު ހިންގުމާއި ތަރައްގީ ކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ.

މި ޕްރޮގްރާމްގައި ހުނަރު ތަރައްޤީ ކުރުމާއި، މުޖުތަމަޢުއަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތުތާއި ކަންކަމުގައި އިސްނެގުމާއި، ޒަމާނީ ޓެކްނޮލަޖީއާ ގުޅޭ މަޢުލޫމާތުތައް ބައިވެރިންނަށް ދީފައިވާކަމަށް ޔޫއެންޑީޕީން ބުނެއެވެ.