ޚަބަރު

ކޮޅުފުށި ފަރަށް އެރި ދޯނި އަދިވެސް ފުނެއް ނުކުރެވޭ


މ. ކޮޅުފުށި ފަރަށް އެރި ނޫރު ދޯނި އަދިވެސް ފުން ނުކުރެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ނޫރު ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރަމުންދާކަމަށެވެ. "ނޫރު" ނަމަކަށް ކިޔާ މިދޯނި ފަރަށް އެރިއިރު، އެ ދޯނީގައި ދިހަ ދިވެހިން ދަތުރުކުރަމުން ދިޔައެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެންއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ، ރޭ ދިހަގަޑި ވިހި ހާއިރުކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، މ.މުލީގައި ޤާއިމްކޮށްފައިވާ ކޯސްޓްގާޑު ހާބަރ ކްރާފްޓް ލޯންޗުގައި ސިފައިން ދަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް އެހީވަމުންނެވެ.